• Call: +60 8 123 000
  • E-mail: info@gmail.com
  • Login
Education Blog
  • މައި ސަފުހާ
  • ޚަބަރު
  • ސްކޫލްތަކުން
  • ހަރަކާތް
  • ދަރިވަރުން
  • މުދައްރިސުން
  • ބެލެނިވެރިން
  • އިސްދަރިވަރުން
  • ގަދަ ދިހައެއް
  • ފޮޓޯ ގެލެރީ
  • ވީޑިއޯ ގެލެރީ
No Result
View All Result
dhiraasee.com
No Result
View All Result
Home ޚަބަރު

ކާބޯތަކެތި އަގުހެޔޮކުރަން ބަޖެޓުން ކުރި ހޭދަ 300 ޕަސެންޓް، ކަރަންޓަށް 120 ޕަސެންޓް އިތުރު

tvmua.mv@gmail.com by tvmua.mv@gmail.com
July 7, 2026
in ޚަބަރު
0
ކާބޯތަކެތި އަގުހެޔޮކުރަން ބަޖެޓުން ކުރި ހޭދަ 300 ޕަސެންޓް، ކަރަންޓަށް 120 ޕަސެންޓް އިތުރު
Share on FacebookShare on Twitter

މިދިޔަ އަހަރުގެ ބަޖެޓްގެ ބަޔާނުގައިވާ ގޮތުން ކާބޯތަކެތި އަގުހެޔޮކުރުމަށް ކުރި ހޭދަ ވަނީ 300 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި ކަރަންޓް އަގުހެޔޮކުރުމަށް ސަރުކާރުން ދިން އެހީ ވަނީ 120 ޕަސެންޓަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ ބަޖެޓު ފާސްކުރި އިރު ކާބޯތަކެތި އަގުހެޔޮކުރުމަށް ވަނީ 93 މިލިއަން ރުފިޔާ ހިމަނައިފަ އެވެ. އެކަމަކު އަހަރު ނިމުނު އިރު ވަނީ އެކަމަށް 384 މިލިއަން ރުފިޔާ ހޭދަވެފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވުމާ ގުޅިގެން ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ގޮތުގައި ވިއްކާ ތަކެތި އިތުރުކޮށްފަ އެވެ.

އެސްޓީއޯއިން ވަނީ އަސާސީ ކާބޯތަކެތީގެ ގޮތުގައި 23 ބާވަތެއް ވިއްކަން ފަށައިފަ އެވެ. އޭގެތެރޭގައި 10 ވައްތަރެއްގެ ތަރުކާރީ އާއި 10 ވައްތަރެއްގެ މޭވާގެ އިތުރުން މުގާއި ކާއްޓާއި ކުކުޅުބިސް ހިމެނެ އެވެ.

އެސްޓީއޯއިން އެތެރެކުރާ ތަރުކާރީގެ ތެރޭގައި ފިޔާ، އިނގުރު، ކެރެޓް، ބަށި، ކައްޓަލަ، އަލުވި، ކެބެޖް، ބަރަބޯ، ބޯވެލި އަދި ލޮނުމެދު ހިމެނެ އެވެ. އެސްޓީއޯއިން ވިއްކާ މޭވާގެ ތެރޭގައި ހިމެނެނީ ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރެވެ.

މިދިޔަ އަހަރު ބަޖެޓުގައި ކަރަންޓް އަގުހެޔޮކުރުމަށް ބަޖެޓްކޮށްފައިވަނީ 379 މިލިއަން ރުފިޔާ އެވެ. އެކަމަކު އަހަރު ނިމުނު އިރު ވަނީ 834 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކަރަންޓް އަގުހެޔޮކުރުމަށް ސަރުކާރުން އެހީ ދެނީ ފެނަކަ އާއި ސްޓެލްކޯ މެދުވެރިކޮށެވެ. 

މިދިޔަ އަހަރު ތެލަށް ކުރި ހޭދަ ވެސް ވަނީ ބަޖެޓްކުރި ވަރަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ އިތުރުވެފަ އެވެ. މިދިޔަ އަހަރު ތެޔޮ އެތެރެކުރުމަށް ދައުލަތުން 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

tvmua.mv@gmail.com

tvmua.mv@gmail.com

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Archive

Most commented

ކާބޯތަކެތި އަގުހެޔޮކުރަން ބަޖެޓުން ކުރި ހޭދަ 300 ޕަސެންޓް، ކަރަންޓަށް 120 ޕަސެންޓް އިތުރު

dhiraasee.com

Premium WordPress Themes that's perfect for magazine and personal blog.

Recent News

ކާބޯތަކެތި އަގުހެޔޮކުރަން ބަޖެޓުން ކުރި ހޭދަ 300 ޕަސެންޓް، ކަރަންޓަށް 120 ޕަސެންޓް އިތުރު

ކާބޯތަކެތި އަގުހެޔޮކުރަން ބަޖެޓުން ކުރި ހޭދަ 300 ޕަސެންޓް، ކަރަންޓަށް 120 ޕަސެންޓް އިތުރު

July 7, 2026

© 2018 JNews - Education WordPress theme demo by Jegtheme.

No Result
View All Result
  • މައި ސަފުހާ
  • ޚަބަރު
  • ސްކޫލްތަކުން
  • ހަރަކާތް
  • ދަރިވަރުން
  • މުދައްރިސުން
  • ބެލެނިވެރިން
  • އިސްދަރިވަރުން
  • ގަދަ ދިހައެއް
  • ފޮޓޯ ގެލެރީ
  • ވީޑިއޯ ގެލެރީ

© 2018 JNews - Education WordPress theme demo by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In